03 ނޮވެމްބަރ 2025

ސުންގަޑި ތާރީޚް:

23 ނޮވެމްބަރ 2025

އިއުލާން:- މަސްވެރިކަމުގެ ލައިސަންސަށް އެދުމުގެ ޚިދުމަތް 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށް

ނިންމުންތައް

އިއުލާން:- މަސްވެރިކަމުގެ ލައިސަންސަށް އެދުމުގެ ޚިދުމަތް 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށް

މިނިސްޓްރީއިން ދޭ ޚިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން 'ކެޔޮޅު' ވެބް-ޕޯޓަލް (keyolhu.mv) މެދުވެރިކޮށް މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. މިގޮތުން، 4 ނޮވެންބަރުން ފެށިގެން އަލަށް މަސްވެރިކަމުގެ ލައިސަންސަށް ހުށަހަޅާ ފޯމު މިނިސްޓްރީއިން ބަލައިގަންނާނީ މި އޮންލައިން ޕޯޓަލް މެދުވެރިކޮށްކަން އާންމުކޮށް އަންގައި އިއުލާނުކުރަމެވެ. އަދި މަސްވެރިކަމުގެ ލައިސަންސް އައުކުރުމަށް ހުށަހަޅާ ފޯމް، 23 ނޮވެންބަރުން ފެށިގެން ބަލަގައިންނާނީ މި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 'ކެޔޮޅު' ޕޯޓަލް އަށް ލޮގްއިން ވެވޭނީ އެފަރާތެއްގެ އީފާސް އެކައުންޓް މެދުވެރިކޮށްކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

'ކެޔޮޅު' ޕޯޓަލް އަކީ މަހާއި މަހުގެ އުފެއްދުތައް އުފެއްދުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށާ ކުންފުނިތަކުން ގަންނަ މަހުގެ ތަފްޞީލު ގަވާއިދުން މިނިސްޓްރީއަށް ފޮނުވުމަށް އަދި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކެޗް ސެޓްފިކެޓް ދޫކުރުމަށް މިހާރުވެސް މިނިސްޓްރީން ބޭނުންކުރަމުންދާ ވަޞީލަތެކެވެ.

މި ޕޯޓަލް މެދުވެރިކޮށް އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގައި އަދި ލައިސަންސް އައު ކުރުމަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑް މި މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢު ކޮށްފައިވާނެއެވެ. މިގޮތުން، ކަށިމިޔަރު މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީން ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށްކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  މިކަމާބެހޭ ގޮތުން އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ، މިނިސްޓްރީގެ 3339270 ނުވަތަ 3339272 ނަންބަރަށް ގުޅުއްވުން އެދެމެވެ.

ކެޔޮޅު ވެބް-ޕޯޓަލް - މެދުވެރިކޮށް މަސްވެރިކަމުގެ ލައިސަންސް އައު ކުރުމުގެ އުޞޫލު

Link

ކެޔޮޅު ވެބް-ޕޯޓަލް - މެދުވެރިކޮށް މަސްވެރިކަމުގެ ލައިސަންސް އެދި ހުށަހެޅުމުގެ އުޞޫލު

Link

އިއުލާން:

68.14 KB