21 މެއި 2025

45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް ބާއްވާނެ ރަށެއް ކަނޑައެޅުމާބެހޭ

ދެންނެވުން

45 ވަނަ މަސްވެރިންގެ ދުވަސް 2025 ގެ ރަސްމީ އިޙްތިފާލްތައް ބާއްވާނެ ރަށެއް ކަނޑައެޅުން

2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް (10 ޑިސެމްބަރު 2025) ފާހަގަކުރުމަށް ބާއްވާ ރަސްމީ އިޙްތިފާލްތައް ބޭއްވުމަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް ހުޅުވާލުމަށްވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިކަން ހުރި ޝަރުތުހަމަވާ ރަށްރަށުން މިކަމަށް އެދި  19 ޖޫން 2025 ވާ ބުރާސްފަތި   ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީއަށް ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދޭ ރަށްރަށުން މި މިނިސްޓްރީއަށް ހުށަހަޅުއްވަންޖެހޭ ފޯމް މި ސަރކިއުލަރއާއެކު ފޮނުވީމެވެ. އަދި މިކަމާ ގުޅޭ މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާސް ތިޔަ އަތޮޅުގެ ރަށްރަށަށް ފޮނުއްވައި ދެއްވުމަށްޓަކައި މިސަރކިއުލަރއާއެކު ފޮނުވީމެވެ.

 

އަދި ދަންނަވަމެވެ.  "2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް  ބޭއްވުމަށް އެދި ހުށަހަޅާ ފޯމް" އާއިގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މިނިސްޓްރީގެ ނަންބަރު: 3339274 ފޯނާއިގުޅުއްވުން އެދެމެވެ.

 

އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.

ސާކިއުލަރ:- މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބޭއްވުމަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް ހުޅުވާލުމާބެހޭ

391.89 KB

މަޢުލޫމާތު ކަރުދާސް

267.73 KB

2025 އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް ބޭއްވުމަށް ހުށަހަޅާ ރަށުގެ މަޢުލޫމާތު ފޯމް

120.63 KB