26 އޯގަސްޓް 2025

އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް - ހއ. އިހަވަންދޫ

ޙަބަރު

އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް - ހއ. އިހަވަންދޫ

"އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީން ޕްރޮގްރާމެއް، ހއ. އިހަވަންދޫގައި 21 އޮގަސްޓް 2025 ވަނަ ދުވަހު ފެށުނެވެ. މިވުޒާރާއިން ހިންގާ މިތަމްރީނު މި އޮގަސްޓް މަހުގެ 21 އިން 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދިޔައެވެ. މިތަމްރީނުގައި ޖުމްލަ 12 ބޭފުޅުން ބައިވެރިވިއެވެ. އެއީ 08 އަންހެން ބޭފުޅުންނާއި  އަދި 04 ފިރިހެން ބޭފުޅުންނެވެ.

މިތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ބައިވެރިންނަށް މަހުން ތައްޔާރުކުރާ އަގު އެއްކުރި ބާވަތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އަމަލީ ގޮތުން އެފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. މީގެ އިތުރުން، ވިޔަފާރީގެ އުޞޫލުން މިފަދަ މަސައްކަތްތައް ކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދިނުމެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ފޯރުކޮށްދެނީ މިނިސްޓްރީގެ ފަންނީ ދެ މުވައްޒަފުންނެވެ.

ޚަބަރު

51.47 KB