17 ސެޕްޓެމްބަރ 2025

މިނިސްޓަރ އަޙްމަދު ޝިޔާމްގެ އަރިހަށް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޚަބަރު - ނިންމުން

މިނިސްޓަރ އަޙްމަދު ޝިޔާމްގެ އަރިހަށް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މިނިސްޓަރ އަޙްމަދު ޝިޔާމްގެ އަރިހަށް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ ސަފީރު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިވުމަށް އިނގިރޭސިވިލާތުން ޝައުޤުވެރިކަން ފާޅުކުރައްވިއެވެ. އަދި މިކަމަށްޓަކައި އިސްތިރާތީޖީ ބައިވެރިއެއްގެ ގޮތުގައި ވުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިހާރު އެކުލަވާލެވިފައިވާ ވަރކިންގ ގްރޫޕްގެ މުހިންމުކަން އިތުރަށް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ މުހިންމު ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި ހިލޭ ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ޤާއިމުކުރުމާއި، ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކުރުމާއި، އިނގިރޭސިވިލާތަށް ކަނޑުމަސް އެކްސްޕޯޓުކުރުމުގެ މަގުފަހިކުރުމާއި، ކުރިއަށް އޮތް އޯޝަން ކްލައިމެޓް ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) ވަރކްޝޮޕްގައި ބައިވެރިވުމާއި، އަދި އަސްކަރީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަން ހިމެނެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަހުމަދު ޝިޔާމްގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް މުޙައްމަދު މުޠަލިބާއި، ސްޓޭޓް މިނިސްޓަރ އާމިނަތު ޝަރީފާއި، ޕާމަނަންޓް ސެކްރެޓަރީ ޑރ.އާމިނަތު ޝާފިއާއި، ޑިރެކްޓަރ ޖެނެރަލް ޑރ.ޙުސައިން ސިނާންގެ އިތުރުން ޑިރެކްޓަރ ފިއުނާ ރާޝިދު ބައިވެރިވެވަޑައިގެންނެވިއެވެ.