09 އޮކްޓޯބަރ 2025
އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް - ޅ. ކުރެންދޫ
ޚަބަރު - ނިންމުން
އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް - ޅ. ކުރެންދޫ

"އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީން ޕްރޮގްރާމެއް، ފާދިއްޕޮޅު ކައުންސިލްގެ އިދާރާ އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ގުޅިގެން ޅ. ކުރެންދޫގައި 05 އޮކްޓޫބަރު 2025 ވަނަ ދުވަހު ފެށިފައިވެއެވެ. މިވުޒާރާއިން ހިންގާ މިތަމްރީނު މި އޮކްޓޫބަރު މަހުގެ 05 އިން 09 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. މިތަމްރީނުގައި ޖުމްލަ 26 ބައިވެރިން ބައިވެރިވެފައިވެއެވެ. އެއީ 23 އަންހެން ބައިވެރިންނާއި 03 ފިރިހެން ބައިވެރިންނެވެ.
މިތަމްރީނުގައި މަހުން ތައްޔާރުކުރާ އަގުއެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަދި ޢަމަލީގޮތުން އެތަކެތި ބައިވެރިން ތައްޔާރުކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. މީގެ އިތުރުން ވިޔަފާރީގެ އުޞުލޫން މިފަދަ މަސައްކަތެއްކުރުމަށް ބޭނުންވާ މަޢުލޫމާތާއި ބައެއް ހުނަރު ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަނީ މިވުޒާރާގެ ފަންނީ ތިން މުވައްޒަފުންނެވެ.