12 އޮކްޓޯބަރ 2025

ގދ. މަޑަވެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށްޓަކައި، މަޑަވެލި ކައުންސިލުން ވުޒާރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ޙަބަރު

ގދ. މަޑަވެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށްޓަކައި، މަޑަވެލި ކައުންސިލުން ވުޒާރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވުޒާރާގެ  ފަރާތުން ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބާއި ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަޑަވެލި ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މަޑަވެލީގެ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ ތެރޭގައި އައިސް ލިބުމުގެ ދަތިކަން ޙައްލުކުރުމަށް ރަށުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ މުހިންމުކަމާއި، ވަދު ކަނދުފަތި މަރާމާތުކުރުމުގެ ކުރުން ވަނީ އެދިފައެވެ.

މީގެ އިތުރުން މަސްވެރިންނަށް ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ (އާރް.އެސް.ޑަބްލިއު)  ލޯނު ލިބުމުގެ މަގު ތަނަވަސްކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މި ކަންކަމަށް އަވަސް ޙައްލެއް ހޯދުމަށް ދެފަރާތުން އެއްބަސްވެ، ކުރިއަށް އޮތްތަނުގައި މިކަމާ ގުޅޭގޮތުން އިތުރަށް މަސައްކަތްކުރުމަށް ނިންމެވިއެވެ.