15 އޮކްޓޯބަރ 2025
ށ.ކޮމަންޑޫގައި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާބެހޭ
ޚަބަރު - ނިންމުން
ށ.ކޮމަންޑޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއާއި ބެހޭ

ށ. ކޮމަންޑޫގައި އައިސް ޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރުމަށް އެތިއޮން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ. އަދި އެތިއޮން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ، އެގްޒެކެޓިވް ޑިރެކްޓަރ ކިޔާާޝަތު ޢަބްދުﷲއެވެ.
ކޮމަންޑޫ ގައި ޤާއިމްކުރާ އައިސް ޕްލާންޓުގެ މަސައްކަތް އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ށ.ކޮމަންޑޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެކެވެ.
ކޮމަންޑޫ އައިސްޕްލާންޓައި ކޯލްޑް ސޮޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު އަވަހަށް ނިންމައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވެސް އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދަނީ މަސްވެރިކަމުގެ ސިނާއަތް އަލުން ނަގާ ކޮޅަށް ޖެހުމަށް ކަމަށެވެ. މިއިން ކޮންމެ މަސައްކަތަކީވެސް މަސްވެރިންނަށް އެތައްގޮތަކުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް އައިސް، ލިބުމަށްހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އައިސް ޕްލާންޓް އިތުރުކޮށް، އޮޑި ދޯނިފަހަރުގައި ލޮނުފެނުން، މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް މަގުފަހި، ކޮށްދެއްވުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް ހާއްސަ އަހައްމިއްޔަތުކަން ދެއްވާކަމެއް ކަމަށެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ.