17 ނޮވެމްބަރ 2025

ނިޔަމި ކޯސް (ލެވެލް 1 ) ގެ ތަމްރީން ޕްރޮގްރާމެއް ރ. ދުވާފަރުގައި ފަށައިފި

ޚަބަރު - ނިންމުން

2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަރަކާތްތަކާއި ގުޅުވާގެން ރ. ދުވާފަރުގައި "ނިޔަމި ކޯސް (ލެވެލް1) ގެ ތަމްރީން ޕްރޮގްރާމެއް ފަަށައިފި

"ނިޔަމި" ކޯސް (ލެވެލް 1 ) ގެ ތަމްރީނު ޕްރޮގްރާމް، މަސްވެރިންގެ ދުވަސް 2025 ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން، ރ. ދުވާފަރުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ތަމްރީން ޕްރޮގްރާމް  ކުރިއަށްދާނީ 17 ނޮވެމްބަރު އިން  20 ނޮވެމްބަރު 2025 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖުމްލަ 25 ބައިވެރިން ބައިވެރިވެފައިވާއިރު، "ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމް" އަށް ހޮވިފައިވާ 5 ބައިވެރިންވެސް ދަނީ މިކޯސް ފުރިހަމަ ކުރަމުންނެވެ.

މި ތަމްރީނު ޕްރޮގްރާމް ގައި ކިޔަވާދެއްވާނީ ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް)، ކޯސްޓްގާރޑުގެ ކަމާބެހޭ ފަންނީ މާހިރުންނެވެ.