07 ޖަނަވަރީ 2026

އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ޙަބަރު

އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ޓްރެއިނިންގ އޮން ބަޔޯ ސެކިއުރިޓީ ފޮރ އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ލިވިންގ މެރިން އޯގަނިޒަމްސް، މެރިން އެނިމަލްސް އެންޑް ދެއަރ ޕްރޮޑަކްޓްސް އިން ދަ މޯލްޑިވްސް ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ " މޯލްޑިވްސް – ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދަ ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" (ޓްރާންސްފޯމް) މަޝްރޫއުގެ ދަށުން އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ. ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މި މަހުގެ 7 އިން 8 އަށް މީރުމާ ހޮޓެލްގައި ކުރިއަށްދާ މި ތަމްރީން ފްރޮޤްރާމްގެ،  މައިގަނޑު މަގުސަދަކީ ކަނޑުގެ ދިރުންތަކާއި، އެއާ ގުޅުންހުރި ބާވަތްތައް އެއްތަނުން އަނެއްތަނަށް އުފުލުމުގައި ދިމާވާ ބަޔޯ-ސެކިއުރިޓީ ނުރައްކާތައް ދެނެގަނެ، އެކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުމެވެ.

މި ތަމްރީނުތަކުގައި ބޯޑަރު ކޮންޓްރޯލް ކުރުމާއި، ގަވާއިދުތައް ،ސަވައިލެންސް އަދި ތިމާވެށި ހިމާޔަތް ކުރުމުގައި އިސް ދައުރެއް އަދާކުރާ ފަރާތްތަކުގެ މެދުގައި ކަނޑާއި، އެއްގަމުގެ ދިރުންތަކާއި ގުޅުންހުރި ބާވަތްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ދިމާވާ ބަޔޯ ސެކިއުރިޓީ ރިސްކުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން، މަހާއި މަހާއި ޖަނަވާރުންނަށް ޖެހޭ ބަލިތަކުގެ އިތުރުން އިންސާނުންގެ ސިއްޙަތަށް ނުރައްކާވާ ބަލިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ. އަދި ބަލިތައް ދެނެގަތުމާއި، ރިޕޯޓްކުރުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި އިޖާބަދޭނެ ގޮތުގެ މެކޭނިޒަމްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މި ތަމްރީން ޕްރޮގްރާމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް/ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.