19 ޖަނަވަރީ 2026
ތ. ވިލުފުށީ ކައުންސިލުން , މަސްވެެރިނަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި.
ޙަބަރު
ތ.ވިލުފުށި މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި

ތ. ވިލުފުށި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވިލުފުށި ކައުންިސލުން ވުޒާރާގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ މުޙައްމަދު މުއްޠަލިބާއި އާމިނަތު ޙުސައިން ޝަރީފްގެ އިތުރުން، ވިލުފުށީ ކައުންސިލްގެ ރައީސާއި އެ ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގެ ތެރެއިން، ވިލުފުށީގެ މަސްވެރިންނަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މަޢުލޫމާތު ކައުންސިލުން ވުޒާރާއާ ޙިއްޞާކުރެއްވިއެވެ.
އެގޮތުން ރަށުގެ ޒުވާނުން އެންމެ ބޮޑަށް އެދިލައްވާ އެއްކަން ކަމުގައިވާ، "ސްޕޯޓްސް ކަނދުފަތި" ޤާއިމުކުރުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދިލައްވާފައިވެ އެވެ.
ހަމައެއާއެކު، ވިލުފުށީގައި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ