03 ފެބްރުއަރީ 2026

ގދ. ފިޔޯރީގައި ގާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން

News

ގދ. ފިޔޯރީގައި ގާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން

ގދ. ފިޔޯރީގައި ބިނާކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ފިޔޯރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާއިރު، ސަރުކާރުން ވަނީ މަޝްރޫޢުގެ ފަރުމާއަށް ބޮޑެތި އަދި މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކުރިން ރޭވިފައި އޮތް 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި، މިހާރުގެ ފަރުމާގައި ވަނީ އެ ކޯލްޑް ސްޓޯރޭޖް 3000 މެޓްރިކް ޓަނަށް އިތުރުކޮށްފައެވެ. މީގެ އިތުރުން ދުވާލަކަށް 100 ޓަނުގެ ދަޅުގެ ޓަނުގެ މަސް ބަންދުކުރެވޭނެ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައް، ކަނޑައެޅިފައިވާ މުއްދަތައް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން މަސައްކަތުގެ ކޮންޓްރެކްޓަރުގެ ފަރާތުން ވަނީ ދެއްވާފައެވެ.

 

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ފިޔޯރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މިވުޒާރާއިން ބައިވެރިވެ ވަޑައިންނެވީ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބު    އަދި ސްޓޭޓް މިނިސްޓަރ  ޑޮކްޓަރ ޢަމްޒަތު އަޙްމަދު އެވެ.