22 ޑިސެމްބަރ 2024
ޗައިނާގެ "ފުރަތަމަ އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީ" ގެ ފަންނީ މާހިރުންގެ ވަފުދެއް، މިިނިސްޓަރ އަހްމަދު ޝިއާމް އާއި ބައްދަލު ކުރައްވައިފި
ޚަބަރު - ނިންމުން
ޗައިނާގެ ފަސްޓް އިންސްޓިޓުއުޓް އޮފް އޯޝަނޯގްރަފީގެ، ފަންނީ ބޭފުޅުންގެ ވަފުދާއި ވަޒީރު އަޙްމަދު ޝިޔާމް ބައްދަލުކުރައްވައިފި
ޗައިނާގެ ފަސްޓް އިންސްޓިޓުއުޓް އޮފް އޯޝަނޯގްރަފީގެ، ފަންނީ ބޭފުޅުންގެ ވަފުދާއި ވަޒީރު އަޙްމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ، ޗައިނާގެ ފަސްޓް އިންސްޓިޓުއުޓް އޮފް އޯޝަނޯގްރަފީ އާއި މޯލްޑިވްސް މެރިން ރިސާރޗް އާއި ދެމެދު ވެވޭ އެއްބަސްވުމެއް ގައި ސޮއިކުރުމާއި ގުޅޭގޮތުންނެވެ. މި މި މުޢާހަދާގެ ދަށުން ކަަނޑުގެ ދިރާސާތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި އެއްބާރުލުން އިތުރުކޮށް، ދިވެހިރާއްޖޭގެ ބްލޫ އިކޮނޮމީގެ މަސައްކަތްތައް ގުޅިގެން ކުރުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ވަޒީރު އަހުމަދު ޝިޔާމްގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީގެ، ސްޓޭޓް މިނިސްޓަރ ޑރ.އަމްޒަތު އަޙްމަދު، ޕާމަނަންޓް ސެކްރެޓަރީ، ޑރ.އާމިނަތު ޝާފިޔާއާއި ޑިރެކްޓަރ ޖެނެރަލް ޝާފިއާ ނައީމު ، އަދި ޑިރެކްޓަރ ފާތިމަތު ފިއުނާއެވެ.