27 ޖަނަވަރީ 2025
މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ހަލުވިކުރުމަށް ޓަކައި މަޝްވަރާކޮށްފި.
ޙަބަރު
މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ހަލުވިކުރުމަށް ޓަކައި މަޝްވަރާކޮށްފި.

މިނިސްޓްރީ ފަރާތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި އެކު ރޭވިފައިވާ މަޝްރޫޢުތައް އަވަސް ކުރުމަށްޓަކައި ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.
މައިގަޑު ގޮތެއްގައި މަޝްވަރާކުރެއްވީ މި މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް، ހަލުވި ކުރުމަށް ޓަކައި ދެކުންފުނީގެ ފަރާތުން އެއްބާރުލުން ދެވޭނެ ކަންކަމާއި ގުޅޭގޮތުން ނެވެ.
މި ބައްދަލުވުމުގައި މިފްކޯގެ ސީއީއޯ ޑރ. ވިޓަލީ ލުޔުބިމޮވް، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ޖަމްޝީދު، އަދި މިނިސްޓްރީގެ އިސް ވެރިންގެ ތެރެއިން ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ، ސްޓޭޓް މިނިސްޓަރ އަމީނަތު ޙުސައިން، ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޔާމީން އަދި ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާނު ބައިވެރިވެވަޑައިގެންނެވިއެވެ.