29 ޖަނަވަރީ 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ހއ. އިހަވަންދޫ މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފި
ޚަބަރު - ނިންމުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި އަލަށް ޢިމާރާތްކުރަން ފަށާ މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެ ވަޑައިގަތުން.

މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، އޭގެ ފައިދާ އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެކެވެ. މި ދާއިރާއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސް ޕްރޮސެސްކޮށް ރައްކާކުރުމަށް ބޭނުންވާ ވަސީލަތްތައް މަދުވުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މިގޮތުން، ހއ. އިހަވަންދޫގައި މިއަދު އަޅާފައިވާ ބިންގަލަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އައު ހަރުފަތަކަށް ގެންދިއުމުގެ ފެށުމެވެ. މިއީ އެންމެ ފަހުގެ ތާރީޚެއްގައި މަސްވެރިކަމުގެ ދާއިރާއިން ބޮޑުތިލަދުންމައްޗަށް ގެނެވުނު އެންމެ ބޮޑު ކުރިއެރުމެވެ.
މިއަދު ހއ. އިހަވަންދޫގައި ބޭއްވުނު ރަސްމިއްޔާތުގައި، ހއ. އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އަޙްމަދު ޝިޔާމް، މިފްކޯގެ ސީ.އީ.އޯ ޑރ. ވިތާލީ އަދި އިހަވަންދޫ ކައުންސިލުގެ ރައީސް ސަބާހެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ހއ. އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މަސްވެރިކަމުގެ ސިނާޢަތުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިއަދު ބިންގާ އެޅުނު މި މަޝްރޫޢަކީ މުޅި ރާއްޖޭގައި މަސްވެރިކަން ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތެއްކަމާއި، މިއީ އެމަނިކުފާނުގެ ވަޢުދުފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުގެ އިދާރީ އަދި ފަންނީ މަސައްކަތްތަކާއެކު، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މެއި މަހު ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މި މަޝްރޫޢު ނިމުމާއެކީ 150 ހާ ވަޒީފާގެ ފުރުސަތު އުފެދި، ރަށުގެ އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. މެދުކެނޑުމެއްނެތި 18 މަސްދުވަހުގެ ތެރޭގައި މި މަޝްރޫއު، ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ބަނދަރާއެކު މި މަޝްރޫޢުގެ ޙަރަދުވާނެ، ޖުމްލަ އަގަކީ 474 މިލިއަން ދިވެހި ރުފިޔާއެވެ.
މި މަޝްރޫއުގައި ހިމެނެނީ:
1. 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެ
2. 50 ޓަނުގެ ބްރައިން ފްރީޒިންގ
3. ފެސިލިޓީއަށް ބޭނުންވާ އޮފީސް އިމާރަތް އަދި ގުދަން
4. 7 މީޓަރު ފުން 1000 މީޓަރުގެ ދިގުމިން ހުންނަ މަގަތު ފާލަން
5. ތިން ސަރަހައްދުން މަސްކިރޭ 4.5 މީޓަރު ފުން ފާލަން ޖެޓީއާއެކު