08 އޭޕްރިލް 2025

ޗައިނާގެ ނޭޝަނަލް މެރިން މިއުޒިއަމް ، ޝަންގްހާއި ޔުނިވަރސިޓީ އަދި ވޫހާން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ފަންނީ މާހިރުންގެ ވަފުދެއް މިިނިސްޓަރ އަހްމަދު ޝިއާމް އާއި ބައްދަލު ކުރައްވައިފި

ޙަބަރު

ޗައިނާގެ ނޭޝަނަލް މެރިން މިއުޒިއަމް ، ޝަންގްހާއި ޔުނިވަރސިޓީ އަދި ވޫހާން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ފަންނީ މާހިރުންގެ ވަފުދެއް މިިނިސްޓަރ އަހްމަދު ޝިއާމް އާއި ބައްދަލު ކުރައްވައިފި

ޗައިނާގެ ނޭޝަނަލް މެރިން މިއުޒިއަމް ، ޝަންގްހާއި ޔުނިވަރސިޓީ އަދި ވޫހާން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ފަންނީ މާހިރުންގެ ވަފުދެއް މިނިސްޓަރ އަޙްމަދު ޝިޔާމް އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންނެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގައި މެރިން މިއުޒިއަމެއް ޤާއިމުކުރުމާއި، ދިވެހިރާއްޖެ އަދި ޗައިނާގައި ކަނޑުގެ ސަޤާފަތާ ގުޅޭ މައުރަޒުތައް ބޭއްވުން ހިމެނެއެވެ.

މިނިސްޓަރ ޝިޔާމް މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ފާޅުކުރެއްވިއެވެ.

ވަޒީރު އަހުމަދު ޝިޔާމްގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީގެ، ސްޓޭޓް މިނިސްޓަރ ޑރ.އަމްޒަތު އަޙްމަދު، ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް،  ސްޓޭޓް މިނިސްޓަރ އައިމިނަތު ޝަރީފު،   ޕާމަނަންޓް ސެކްރެޓަރީ، ޑރ.އާމިނަތު ޝާފިޔާއާއި ޑިރެކްޓަރ ޖެނެރަލް  އަހުމަދު ޔާމިން ، އަދި ޑިރެކްޓަރ ފާތިމަތު ފިއުނާއެވެ.