22 އޭޕްރިލް 2025

ވަޒީރު އަޙްމަދު ޝިޔާމް ހައްދުންމަތީ އަތޮޅު ކައުންސިލާ ބައްދަލު ކުރައްވައިފި

ޚަބަރު - ނިންމުން

ވަޒީރު އަޙްމަދު ޝިޔާމް، ހައްދުންމަތީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި، އެ އަތޮޅުގެ މަސްވެރިކަމާ ގުޅުންހުރި މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ހައްދުންމަތީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި، އެ އަތޮޅުގެ މަސްވެރިކަމާ ގުޅުންހުރި މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ވަޒީރުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ހައްދުންމަތީ އަތޮޅު ކައުންސިލުން، އެ އަތޮޅުގެ މަސްވެރިންގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މިނިސްޓްރީއާ ގުޅިގެން ކުރެވިދާނެ އިތުރު މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ވަޒީރު ޝިޔާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތްތައް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާ ބެހޭ މަޢުލޫމާތު ކައުންސިލާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން ނަފާ އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު މިނިސްޓްރީގެ ފަރާތުން ދެވުނެވެ.

ބައްދަލުވުމުގައި މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މުހިންމުކަމާއި، އެ ދަފްތަރުގެ ސަބަބުން މަސްވެރިންނަށް ލިބޭނެ ފައިދާތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މި ދަފްތަރަކީ މަސްވެރިންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެއްކަން ފާހަގަކުރެވުނެވެ.