07 ޖުލައި 2025

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ޚަބަރު - ނިންމުން

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

 

މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަން ކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން މިއަދު ފަށައިފިއެވެ. މި ބައްދަލުވުން ފެށުނީ މިއަދު ހެނދުނު 9:00 ގައި ހ. މީރުމާގައެވެ. ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބައްދަލުވުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މި ބައްދަލުވުން ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްދެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރެވޭ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމެވެ.

ބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި އަލިއަޅުވާލެއްވީ ވަރކްޝޮޕްގެ މަޤްޞަދުތަކާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމާ ގުޅޭގޮތުން މިހާރު ގެންގުޅޭ ވިސްނުންތަކާއި، ޑޭޓާއަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މުހިންމުކަމާ ބެހޭ މަޢުލޫމާތު ހިއްސާކުރުމަށެވެ.

ދެވަނަ ސެޝަންގައި މަޝްވަރާކުރެވޭނީ މަޞްލަޙަތުވެރިންގ ކަންބޮޑުވުންތަކާއި މުނިފޫހިފިލުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

މި މަސައްކަތު ބައްދަލުވުމަކީ މުނިފޫހިފިލުވުމުގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.