06 އޯގަސްޓް 2025

އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ފ. ނިލަންދޫގައި ފަށައިފި

ޙަބަރު

އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ފ. ނިލަންދޫގައި ފަށައިފި

"އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީން ޕްރޮގްރާމެއް، ފ. ނިލަންދޫގައި 04 އޮގަސްޓް 2025 ވަނަ ދުވަހު ފެށިއްޖެއެވެ. މިވުޒާރާއިން ހިންގާ މިތަމްރީނު މި އޮގަސްޓް މަހުގެ 04 އިން 08 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. މިތަމްރީނުގައި ޖުމްލަ 11 ބޭފުޅުން ބައިވެރިވިއެވެ. އެއީ 06 އަންހެން ބޭފުޅުންނާއި  އަދި 05 ފިރިހެން ބޭފުޅެކެވެ.

މިތަމްރީނުގައި މަހުން ތައްޔާރުކުރާ އަގުއެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަދި އަމަލީގޮތުން އެތަކެތި ބައިވެރިން ތައްޔާރުކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. ވިޔަފާރީގެ އުޞުލޫން މިފަދަ މަސައްކަތެއްކުރުމަށް ބޭނުންވާ މަޢުލޫމާތާއި ބައެއް ހުނަރު ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.

މި ތަމްރީނު ޕްރޮގްރާމް ގައި މަޢުލޫމާތު ދެއްވަނީ މިވުޒާރާގެ ފަންނީ ތިން މުވައްޒަފުންނެވެ.