13 އޮކްޓޯބަރ 2024
ނޫސް ބަޔާން:- މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢު އަލުން މުރާޖަޢާކޮށް އެޕްލިކޭޝަން ބަލައިގަތުމަށް ހުޅުވާލުން
ނޫސް ބަޔާން
މި ލޯނަށް އެދި ހުށަހަޅާނީ އެސް.ޑީ.އެފް.ސީގެ ޕޯޓަލް (https://portal.sdfc.mv) މެދުވެރިކޮށެވެ. އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑިއަކީ 30 ނޮވެމްބަރ 2024 އެވެ. އިތުރު މަޢުލޫމާތު މިނިސްޓްރީގެ ނަންބަރު 3033434 އަދި އެސްޑީއެފްސީގެ ނަންބަރު 1613 އާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސް ފިނިކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢަށް އެޕްލިކޭޝަން ހުށަހެޅުމަށް މިވަނީ ހުޅުވާލެވިފައެވެ.
މިދިޔަ އަހަރު އިފްތިތާޙު ކުރެވުނު މި ލޯނު މަޝްރޫޢު އަލުން މި ހުޅުވާލެވެނީ މަސްވެރިންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށް ލޯނުގެ ބޭނުން ކުރެވޭނެ ގިނަކަންކަން ހިމަނައިގެންނާއި އަދި ލޯނު ދެއްކުމަށް ލުއި ފަސޭހަތަކެއް ދިނުމަށް މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދީގެންނެވެ. އެގޮތުން ގެނެވުނު އެންމެ ބޮޑު ލުޔަކީ މަޝްރޫޢުގެ ދަށުން ދޫކުރާ ލޯނުގެ ދަށުން ގަންނަ ތަކެތީގެ އަގުގެ %35 ޑިސްކައުންޓްކުރުމަށް ސަރުކާރުން ނިންމުމެވެ.
ތިރީގައިވާތަކެތިގަތުމަށްމަޝްރޫޢުގެދަށުންލޯނުފައިސާދޫކުރެވޭނެއެވެ.
1. ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރ.އެސް.ޑަބްލިއު ސިސްޓަމް)
2. ޖެނެރޭޓަރ ސެޓް
3. ސޯލާރ ޕީވީ ސިސްޓަމް
މިމަޝްރޫއުގެމުހިންމުކަންތައްތައް
1. މި މަޝްރޫޢުގެ ދަށުން ދަށުން 2 މިލިއަނާހަމައަށް ފައިނޭންސް ހަމަޖެހިގެން ދިއުން
2. އާރ.އެސް.ޑަބްލިއު ސިސްޓަމާއި އެކު ޖަނެރޭޓަރާއި ސޯލާ ޕީވީ ގަނެވޭގޮތަށް ހަމަޖެހިފައި އޮތުން
3. ލޯނު އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބުން
4. 10 އަހަރު ދުވަހަށް ބަހާލައިގެން ލޯނު ދެއްކޭގޮތަށް ހަމަޖެހިފައިވުން
5. ގަންނަ ތަކެތީގެ އަގުގެ 35 އިންސައްތަ ދައްކަން ނުޖެހުން (ނުވަތަ ޑިސްކައުންޓް ލިބުން )
6. އަމިއްލައަށް ނުވަތަ އެސް.އެމް.އީ ޑެވެލޮޕްމަންޓް ފައިނެންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގައި ރަޖިސްޓަރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް ވެސް މި ފެސިލިޓީ ބޭނުން ކުރެވުން
7. މަސްވެރިކަމުގެ ލައިސަންސް ނަގައިގެން މަހަށްދުއްވާ 50 ފޫޓު ހަމަވާ ކޮންމެ ދޯންޏަކަށް ރަހުނަކާއި ނުލައި މި ލޯނަށް ހުށަހެޅޭނެ.
8. މި ލޯނަށް އެދި ހުށަހަޅާނީ އެސް.ޑީ.އެފް.ސީގެ ޕޯޓަލް (
) މެދުވެރިކޮށެވެ. އެޕްލިކޭޝަންތައް ލިބޭ މިންވަރަކުން ޝަރުތުހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑިއަކީ 30 ނޮވެމްބަރ 2024 އެވެ.ނޫސް ބަޔާން:- މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢު އަލުން މުރާޖަޢާކޮށް އެޕްލިކޭޝަން ބަލައިގަތުމަށް ހުޅުވާލުން ( ދިވެހި ބަހުން )
101.43 KB