30 ޑިސެމްބަރ 2024
ދިވެހިރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ ދާއިރާއިން ޗައިނާއާ އެކީ ކުރާ ވިޔަފާރި ފުޅާވެގެން ދާނެ
ޕޮލިސީ އަޕްޑޭޓްސް
ދިވެހިރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ ދާއިރާއިން ޗައިނާއާ އެކީ ކުރާ ވިޔަފާރި ފުޅާވެގެން ދާނެ
ދިވެހިރާއްޖެއާއި ޗައިނާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން 1 ޖަނަވަރީ 2025ން ފެށިގެން ތަންފީޒުކުރަން ފަށާ ފެށުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަރުހަބާ ކިޔަމެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން ރަމްޒުކޮށް ދޭ މުހިންމު މޭލުގާއެކެވެ. މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގެ ވުނަކުރުންތަކަށް ފުރުސަތު ހުޅުވި ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރިއަރައިގެން ދާނެއެވެ. މިނިވަން ވިޔަފާރި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދުތަކަކީ އެކްސްޕޯޓް އިތުރުކުރުމާއި، ވިޔަފާރީގެ ހުރަސްތައް މަދުކުރުމާއި، އަދި ދިވެހިރާއްޖެއާއި ޗައިނާގެ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް އުފައްދާ ފަހިކޮށް ދިނުމެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއް ހެން، މި އެއްބަސްވުމުގެ ދަށުން، ޗައިނާއަށް ސުން ޓެކުހުގައި އެކްސްޕޯޓު ކުރެވެއެވެ. އަދި މަހުގެ އުފެއްދުންތައް ރިއެކްސްޕޯޓް ކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ޗައިނާގެ ވިޔަފާރިތަކަށް ދިވެހިރާއްޖެއިން ކަނޑުކާނާ (ސީފުޑު) ހޯދުމަށް ފަސޭހަ ވެގެން ދާނެއެވެ .29 އޮކްޓޯބަރ 2024 ގައި ޗައިނާއާއި ދިވެހިރާއްޖެއިން ސޮއިކުރި ގުދުރަތީ ކަނޑުގެ އުފެއްދުންތައް ބަލައި ފާސްކުރުމާއި ކަރަންޓީން ކުރުމުގެ ޕްރޮޓޮކޯލުގެ ސަބަބުން ކަނޑުކާނާގެ އުފެއްދުންތައް ބޭރުކުރަން ފަސޭހަވެ ކަނޑުކާނާގެ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެއެވެ.
މިނިވަން ވިޔަފާރީގެ މި އެއްބަސްވުން ތަންފީޒުކުރަން ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ދުރުވިސްނުންފުޅަށާއި ރޭވުންތެރިކަމަށް ތައުރީފުކޮށް މަރުހަބާ ކިޔަމެވެ. މި އެއްބަސްވުމުގެ ސަބަބުން މަސްވެރި ސިނާއަތު ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަގުނަ ފުރުސަތުތައް ހުޅުވިގެން ދާނެއެވެ. މި އެއްބަސްވުން ތަންފީޒުކުރެވުމުން މަސްވެރިކަމުން ޖީޑީޕީއަށް ހިއްސާކުރާ މިންވަރު އިތުރުވެ ސީދާ މަސްވެރިޔާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން ދާނެއެވެ.