18 ނޮވެމްބަރ 2024
ސުންގަޑި ތާރީޚް:
04 ޑިސެމްބަރ 2024
މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
ފުރުޞަތުތައް
ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 4 ޑިސެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3339225 / 3339270 އާ ގުޅުއްވުން އެދެމެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި މިނިސްޓްރީ އިން ކުރިއަށްގެންދާ ޚަރަކާތްތަކުގެ ތެރޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރު 2024 ގައެވެ. މި މުބާރާތަކީ ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކުގެ ދަށުން ރަޖިސްޓަރކޮށްފައިވާ ނުވަތަ އަމިއްލަގޮތުން ރަޖިސްޓަރކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. ފަރުމަސްވެރިކަމުގެ މުބާރާތާގުޅޭ ޢާންމު ޤަވާއިދު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 4 ޑިސެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެއްކަރުދާސްކުރެވިފައިވާ ޢާންމު ޤަވާއިދުގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3339225 / 3339270 އާ ގުޅުއްވުން އެދެމެވެ.
ގޫގުލް ފޯމް :