16 ސެޕްޓެމްބަރ 2024

މަސްވެރި އުޅަނދުގެ އެންމެހައި ފަޅުވެރިން މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީ ކުރުމާބެހޭ

ސާރކިއުލަރ

މަސްވެރި އުޅަނދުގެ އެންމެހައި ފަޅުވެރިން މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީ ކުރުމާބެހޭ

 

މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގު މަޤްސަދުގައި މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް [ކެޔޮޅު] ފޯނު އެޕްލިކޭޝަނެއް 16 ފެބްރުއަރީ 2024 ގައި މިނިސްޓްރީން ވަނީ އިފްތިތާޙްކޮށްފައެވެ. އަދި މި ދަފްތަރު ފުރިހަމަކުރުމަށްޓަކައި މި މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، މަސްވެރި އުޅަނދުތަކުގެ ޒިންމާވާ ފަރާތްތަކަށް ގުޅުމުގެ އިތުރުން، މަސްވެރި ރަށްރަށާއި މަސްކިރާ ބަނދަރުތަކަށް މިނިސްޓްރީގެ މުވައްޒަފުން ދަތުރުކޮށް ދަފްތަރުގައި ރަޖިސްޓަރީވުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު އޮޑިވެރިންނަށާއި މަސްވެރިންނަށް ފޯރުކޮށްދީފައިވާނެއެވެ. އަދި މިހާރުވެސް މި މަސައްކަތް މިނިސްޓްރީގެ ޓީމުތަކުން ދަނީ ކުރަމުންނެވެ.

މި ދަފްތަރު މެދުވެރިކޮށް އެއްކުރެވޭ މަޢުލޫމާތުތަކަކީ މަސްވެރިކަމާބެހޭ ތަރައްޤީގެ މަޝްރޫޢުތައް އެންމެ އެދެވޭ ގޮތެއްގައި ފަރުމާކުރުމަށާއި، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި އެއްކުރެވޭ މުހިއްމު މަޢުލޫމާތުތަކެވެ. އެހެންކަމުން، މަސްވެރިންގެ ޤައުމީ ދަފްތަރު ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށްޓަކައި، 1އޮކްޓޫބަރު2024އިންފެށިގެން މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުޙަލާގައި  އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާކަން މިނިސްޓްރީން ޔަޤީންކުރާނެކަމުގައި ދަންނަވަމެވެ.

ވީމާ، ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން އިސްވެދެންނެވުނު ތާރީޚުގެ ކުރިން ދަފުތަރުގައި ރަޖިސްޓަރ ކުރެވިފައިވާކަން ކެޔޮޅު ނުވަތަ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓް ކޮށް އުޅަނދުގެ ކަންކަމާ ޒިންމާވާ ފަރާތުން ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ. ދަފްތަރުގައި ރަޖިސްޓަރީވާނެ ގޮތުގެ ގައިޑް ތިރީގައިވާ ކިއު.އާރު. ކޯޑް ސްކޭންކޮށް ބައްލަވާލެވޭނެއެވެ. އަދި މީގެ އިތުރުން ރަޖިސްޓަރީވުމާ ގުޅޭ ވީޑިއޯއެއްވެސް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާނެކަމުގައި ދަންނަވަމެވެ. ދަފްތަރުގައި ރަޖިސްޓަރީވުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، މިނިސްޓްރީގެ ފިޝަރީޒް ކޮމްޕްލަޔަންސް ސެކްޝަންގެ ވައިބަރ ނަންބަރ (7928721) އަށް މެސެޖް ކުރެއްވުމަށް އެދެމެވެ.

ސަރކިއުލަރ:- މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުޙަލާގައި އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީކުރުމާ ބެހޭ

425.43 KB