14 އޯގަސްޓް 2025
"އަސާސީ މެރިކަލްޗަރ ތަމްރީން ޕްރޮޤްރާމް" ކޯހުގެ ދެވަނަ ބުރުގެ ބައިވެރިވުމަށް ހުޅުވާލައިފި
ޚަބަރު - ނިންމުން
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އަސާސީ މެރިކަލްޗަރ ތަމްރީން ޕްރޮޤްރާމް އާއިބޭހޭ

ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދެ ވަނަ އަސާސީ މެރިކަލްޗަރ ތަމްރީންގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މެރިކަލްޗަރ ތަމްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އޮކްޓޯބަރ މަހުގެ 18 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. 14 ދުވަހުގެ މުއްދަތަށް ކ. މަނިޔަފުށީގައި ކުރިއަށްގެންދާ ތަމްރީން ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 15 ފަރާތަކަށެވެ.
މި ތަމްރީން ޕްރޮގްރާމްގެ ބޭނުމަކީ ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ކޯހެކެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު އައިޑީ ކާޑުގެ ކޮޕީ އަކާއިއެކު މެރިން ރިސާޖް ސެންޓަރުގެ މެއިލް އަށް ޢީމެއިލް ކުރުމަށް ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު މެރިން ރިސާޖް ސެންޓަރުގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.