20 ސެޕްޓެމްބަރ 2025

ފ. ނިލަންދޫގައި ޤާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާ އެޅުމަށް ހަމަޖެހިފައިވާ ބިން ހިއްކުމާއި ބަނދަރުހެދުމުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީ އާއި ޙަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފި

ޚަބަރު - ނިންމުން

ފ. ނިލަންދޫގައި ޤާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާ އެޅުމަށް ހަމަޖެހިފައިވާ ބިން ހިއްކުމާއި ބަނދަރުހެދުމުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީ އާއި ޙަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާއި ގާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން، ފ. ނިލަންދޫއަށް ކުރެއްވި ޒިޔާރަތުގައި، ފ. ނިލަންދޫގައި ގާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާ އެޅުމަށް ހަމަޖެހިފައިވާ ބިން ހިއްކުމާއި ބަނދަރުހެދުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއިއެކު ވަނީ ސޮއިކުރައްވާފައެވެ.

މި އެއްބަސްވުމުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަޙްމަދު ޝިޔާމެވެ. އަދި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަޙްމަދު ސައުދީއެވެ.

މި މަޝްރޫޢުގެ ދަށުން، ކާރުހާނާ އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި، ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ވަނީ ހަވާލުކުރެވިފައެވެ. މި މަޝްރޫޢުއަކީ ދިވެހި މަސްވެރިކަން ކުރިއެރުވުމާއި، މަސްވެރިންނަށް ހެޔޮ އަގެއްގައި މަސް ގަންނާނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މުހިއްމު ބައެކެވެ.