21 ސެޕްޓެމްބަރ 2025
މ. މުލަކުގައި 30 ޓަނުގެ އައިސްޕްލާންޓާއި 60 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާބެހޭ
ޚަބަރު - ނިންމުން
މ. މުލަކުގައި 30 ޓަނުގެ އައިސްޕްލާންޓާއި 60 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމުކުރުމުގެ އެއްބަސްވުމުގައި 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެކު މިއަދުވަނީ ސޮއިކުރައްވައިފި.

މ. މުލަކުގައި 30 ޓަނުގެ އައިސްޕްލާންޓާއި 60 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމުކުރުމުގެ އެއްބަސްވުމުގައި 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެކު މިއަދުވަނީ ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ 21 ސެޕްޓެމްބަރ 2025 ވަނަ ދުވަހު މުލަކުގައި ބޭއްވުނު ރަސްމިއަޔާތެއްގައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު ޝިޔާމެވެ. އަދި 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޑރ. އިކްލީލް ޝަރީފެވެ.
މި މަސައްކަތަކީ، މާލެއަތޮޅު މެރިކަލްޗަރ މަސައްކަތް އެވޯޑު ކޮށްފައިވާ 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑު ކުންފުނީގެ ސީ.އެސް.އާރް (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ)ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މުލަކުގައި ގާއިމުކުރާ އައިސްޕްލާންޓްގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށްވަނީ ހަމަޖެހިފައެވެ.