16 އޮކްޓޯބަރ 2025

ށ. ފުނަދޫގައި ޤާއިމުކުރެވުނު އައިސްޕްލާންޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފި

News

މި އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދައި، 50 ޓަނުގެ އައިސް ރައްކާކުރެވޭ ޤާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ށ. ފުނަދޫގައި ޤާއިމުކުރެވުނު އައިސްޕްލާންޓު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މި އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދައި، 50 ޓަނުގެ އައިސް ރައްކާކުރެވޭ ޤާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ އައިސްޕްލާންޓުތައް ޤާއިމުކޮށް ނިންމުމެވެ. މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފަސޭހަކަމާއެކު އައިސް ލިބުމުގެ ދަތިކަމެވެ. ނަމަވެސް، މި މަޝްރޫޢުތައް ފުރިހަމަވުމުން އައިސް ލިބުމުގެ ދަތިތަކަށް ޙައްލު ލިބިގެންދާނެ އެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މަސްވެރިންނަށް އައިސް ލިބުމުގެ ގޮންޖެހުންތައް ޙައްލުކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައެވެ. މީގެ ތެރޭގައި އައިސްޕްލާންޓުތައް އިތުރުކުރުމާއި، އޮޑިދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް

( ރެޕްރިޖަރޭޓަޑް ސީވޯޓަރ ސިސްޓަމް، އާރް އެސް.ޑަބްލިޔު.ސިސްޓަމް) ޤާއިމުކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.

ށ. ފުނަދޫގެ އައިސްޕްލާންޓް، ހުޅުވުމުގެ ރަސްމީ އިފްތިތާޙު

Link