25 އޮކްޓޯބަރ 2025
ކަންނެލި މަސްވެރިކަން ތަރައްޤީކުރުމަށް ހުޅުމާލޭގައި ކަނޑައަޅާފައިވާ ބިން ރަސްމީކޮށް ޙަވާލުކޮށްފި
ޚަބަރު - ނިންމުން
ކަންނެލި މަސްވެރިކަން ތަރައްޤީކުރުމަށް ހުޅުމާލޭގައި ކަނޑައަޅާފައިވާ ބިން ރަސްމީކޮށް ޙަވާލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ ތެރެއިން ، ކަންނެލި މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމަށްޓަކައި ހުޅުމާލޭގައި ކަނޑައެޅިފައިވާ ބިމެއް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާ މިއަދު ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
މި ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަލީ ޒުހައިރެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޙުސައިން ޝާމްއެވެ. މީގެ އިތުރުން، މިނިސްޓްރީގެ ފާރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޮޝަން ރިސޯސަސް، އަހުމަދު ޝިޔާމް އެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ ފަންޑުގެ ދަށުން، މި ބިމުގައި މަސްވެރިކަމުގެ ފެސިލިޓީއެއް ގާއިމްކުރުމަށް މަސައްކަތް ކުރިއަށް ދާނެއެވެ.