08 ނޮވެމްބަރ 2025
ގދ. ފިޔޯރީ މަސް ފެކްޓްރީ ޤާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ޚަބަރު - ނިންމުން
ގދ. ފިޔޯރީ މަސް ފެކްޓްރީ ޤާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
-1762682315964.webp)
ރާއްޖޭގެ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށްޓަކައި ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ޚާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ގއ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މަސް ފެކްޓްރީ މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ 6.5 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ކުރުމަށްޓަކައި، ސެން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ.
ގއ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މަސް ފެކްޓްރީއަކީ އެ ރަށާއި ވަށައިގެންވާ ސަރަހައްދުތަކުގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބޭނުންވާ 6.5 ހެކްޓަރުގެ ބިން ހިއްކައި، ފެކްޓްރީއަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް ސެން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުންނެވެ.
މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ސިނާއަތެކެވެ. ފިޔޯރީ މަސް ފެކްޓްރީގެ ސަބަބުން މަސްވެރިންނަށް އެކަށީގެންވާ އަގުގައި މަސް ވިއްކުމުގެ ފުރުޞަތު ލިބުމާއެކު، ސަރަހައްދުގައި އާ ވަޒީފާގެ ފުރުޞަތުތައް އުފެދި، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުވެގެން ދާނެކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ، ރައްޔިތުންނަށް ފައިދާހުރި ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރެއްވުމުގެ ގޮތުން ކުރެއްވި މުހިންމު ކަމެކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް ފުރިހަމަ ކުރިއެރުމެއް ލިބިގެންދާނެކަމަށް ގަބޫލުކުރެވެއެވެ.