11 ޖަނަވަރީ 2026

ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް މިހާރު ކ. ކަނޑުއޮތްގިރިން ކިރޭނެ - ވަޒީރު އަޙްމަދު ޝިޔާމް

ޙަބަރު

ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް މިހާރު ކ. ކަނޑުއޮތްގިރިން ކިރޭނެ - ވަޒީރު އަޙްމަދު ޝިޔާމް

ކ. ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ކިރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކަނޑުއޮތްގިރިން މިހާރު ބޮޑުކަންނެލި ގަންނަން ފަށާފައިވަނީ ކިލޯއަކަށް 25 ރުފިޔާގެ މަގުންނެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ނައްތާލައި، މަސްވެރިންގެ ޙާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން ކަޅުބިލަމަހުގެ މަސްވެރިންނަށްވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ލިބިފައެވެ. މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުމަށްޓަކައި ސަރުކާރުން ތަފާތު މަގުތައް ފަހިކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒަކީ މަސްވެރިކަމަކީ ނަފާވެރި އަދި ދެމެހެއްޓެނިވި ސިނާއަތަކަށް ހެދުން ކަމަށެވެ.

ވަޒީރު މީގެއިތުރުން، މަސްވެރިކަމުގެ ދާއިރާގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ލިބޭ މަންފާ އިތުރުކޮށް، މި ސިނާއަތް ތަރައްޤީކުރުމުގައި ސަރުކާރުން ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.