22 ޑިސެމްބަރ 2024
މަސްވެރިކަމާއި މެރިކަލްޗަރ ދާއިރާގެ ފުރުޞަތުތައް، ޗައިނާގެ އިންވެސްޓަރުންނާއިއެކު ވަޒީރު އަޙްމަދު ޝިޔާމް ޙިއްސާ ކުރައްވައިފި
ޚަބަރު - ނިންމުން
މަސްވެރިކަމާއި މެރިކަލްޗަރ ދާއިރާގެ ފުރުޞަތުތައް، ޗައިނާގެ އިންވެސްޓަރުންނާއިއެކު ވަޒީރު އަޙްމަދު ޝިޔާމް ޙިއްސާ ކުރައްވައިފި
ރާއްޖޭގެ މަސްވެރިކަމާއި، މެރިކަލްޗަރ އަދި ބްލޫ އިކޮނޮމީގެ ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ހޯދުމަށް ޗައިނާގެ އެކި ކުންފުނިތަކުގެ އިންވެސްޓަރުން މިއަދު މިނިސްޓަރ އަޙްމަދު ޝިޔާމާއި ބައްދަލުކޮށްފިއެވެ.
ޗައިނާގެ ކުންފުނިތަކުގެ އިންވެސްޓަރުންނާއިއެކު ބޭއްވުނު މި ބައްދަލުވުމުގައި، ސްޕޯޓްސް ފިޝިންއަށް ޙާއްސަ ކުރެވޭނެ ބަނދަރުތަކެއް ތަރައްޤީކުރުމާއި، މެރިކަލްޗަރ އަދި ބްލޫ އިކޮނޮމީގެ ދާއިރާތައް ތަރައްޤީކުރުމަށް ސަރުކާރުން އެކުލަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު މިނިސްޓަރު ޚިއްސާކުރެއްވިއެވެ. މި ދާއިރާތަކުގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ސަރުކާރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން އެފަރާތްތަކަށް ދެއްވާނެކަން މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އަޙްމަދު ޝިޔާމްގެ އަރިހުގައި ސްޓޭޓް މިނިސްޓަރ ޑރ.އަމްޒަތު އަޙްމަދު، ޕާމަނަންޓް ސެކްރެޓަރީ ޑރ.އާމިނަތު ޝާފިޔާ، ޑިރެކްޓަރ ޖެނެރަލް ޝާފިއާ ނައީމު އަދި ޑިރެކްޓަރ ފާތިމަތު ފިއުނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.