19 މެއި 2025

އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ތަމްރީން ޕްރޮގްރާމެއް - ނ. ކުޑަފަރި

ޚަބަރު - ނިންމުން

އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ތަމްރީން ޕްރޮގްރާމެއް - ނ. ކުޑަފަރި

ނ. ކުޑަފަރިގައި " އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީނު ޕްރޮގްރާމެއް 18 މެއި 2025 ވަނަ ދުވަހު ފެށިއްޖެއެވެ.  މި ވުޒާރާއިން ހިންގާ މިތަމްރީނު މިމެއި މަހުގެ 18 އިން 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. މިތަމްރީނު ގައި ޖުމްލަ  15 ބޭފުޅުން ބައިވެރިވެއެވެ. އެއީ 14 އަންހެން ބޭފުޅުންނާއި  އަދި އެއް ފިރިހެން ބޭފުޅެކެވެ.  

މި ޕްރޮގްރާމުގެ މަޤްޞަދަކީ މަސްވެރިކަމުގެ ޞިނާޢަތުގައި މަހާއި މަހުންތައްޔާރުކުރާ ބާވަތްތައް ތަރައްޤީކޮށް، މަތީ އަގު ލިބޭނެ ބާވަތްތައް އުފައްދައި އެބާވަތްތައް މާކެޓްތަކަށް ބޭނުންވާ ގޮތަށް ވިޔަފާރީގެ އުޞޫލުން އަގުއެއްކުރި  މަހާއިމަހުގެ   އުފެއްދުންތައް ތައްޔާރުކޮށް އަޙުލުވެރިކުރުވުމެވެ.

މިސެޝަންތަކުގައި  ގައި މަޢުލޫމާތު ދެއްވާނީ މިވުޒާރާގެ ފަންނީ ދެ މުވައްޒަފުން ކަމަށް ވާ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް  އާއި ފިޝާރީޒް އޮފިސަރ މުހައްމަދު އަހުސަން އެވެ.