01 ޖޫން 2025
ޓްރާންސްފޯމް މަޝްރޫޢުގެ ހަތަރުވަނަ 'އިމްޕްލިމެންޓޭޝަން ސަޕޯޓް އެންޑް ރީސްޓްރަކްޗަރިންގ މިޝަން' ދިވެހިރާއްޖޭގައި ބާއްވައިފި
ޚަބަރު - ނިންމުން
ޓްރާންސްފޯމް މަޝްރޫޢުގެ ހަތަރުވަނަ 'އިމްޕްލިމެންޓޭޝަން ސަޕޯޓް އެންޑް ރީސްޓްރަކްޗަރިންގ މިޝަން' ދިވެހިރާއްޖޭގައި ބާއްވައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އަދި ވާރލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނު އެހީގައި، މި މިނިސްޓްރީއިން ކުރިއަށް ގެންދާ ޓްރާންސްފޯމް މަޝްރޫޢުގެ ހަތަރުވަނަ 'އިމްޕްލިމެންޓޭޝަން ސަޕޯޓް އެންޑް ރީސްޓްރަކްޗަރިންގ މިޝަން' ދިވެހިރާއްޖޭގައި ބާއްވަމުންދަނީއެވެ.
ޖޫން 1-7 2025 އަށް ބާއްވާ މިމިޝަންގެ މައިގަނޑު މަޤްޞަދަކީ މަޝްރޫޢިން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައިވާ ޙަރަކާތްތަކުގެ ތަފްޞީލީ މަޢުލޫމާތު ހޯދާ، މަޝްއޫރުގެ މަސައްކަތްތަކުގެ ތެރެއިން ބަދަލު ގެންނަންޖެހޭނެ ކަންތައް ފާހަގަކޮށް، ވާރލްޑް ބޭންކުގެ އިރުޝާދާއެކު މިމަޝްރޫޢުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.
މި މިޝަންގައި ވާރލްޑް ބޭންކުގެ ފަރާތުން، އެކި ދާއިރާތަކުގެ މާހިރުން ބައިވެރިވެއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް އަދި އެހެނިހެން މުހިންމު މުޢައްސަސާތަކުންވެސް ބައިވެރިވެއެވެ.
މި ހަފްތާގެ ތެރޭގައި، މިޝަން ޓީމުން ޕްރޮޖެކްޓް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތް ދެނެގަނެ ދިވެހިރާއްޖޭގައި އިންވެސްޓްކޮށް ކުރިއެރުވުމަށް އިސްކަންދޭންޖެހޭ ދާއިރާތައްވެސް ފާހަގަކުރާނެެއެވެ.
ޓްރާންސްފޯމް މަޝްރޫއުއަކީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ހިންގޭ މުހިންމު މަޝްރޫޢެކެވެ.