09 ޖުލައި 2025
މި ސަރަހައްދުގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް އެމެރިކާއާއި އެކު މަޝްވަރާ ކޮށްފި
News
މި ސަރަހައްދުގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް އެމެރިކާއާއި އެކު މަޝްވަރާ ކޮށްފި

މި ސަރަހައްދުގައި ޤާނޫނާއި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާއާއި ދިވެހިރާއްޖެއާއި ދެމެދު މަޝްވަރާކޮށްފި އެވެ.
އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން މިއަދު ވަނީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ޒިޔާރަތުގައި ދެ ގައުމު ގުޅިގެން މަސްވެރިކަމުގެ ދާއިރާގައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.
މަސްވެރިކަމުގެ ދާއިރާގައި ދެ ގައުމުގެ އެއްބާރުލުން ހަރުދަނާކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން މި ސަރަހައްދުގައި ގަވައިދާ ހިލާފަށް، މަސްވެރިކަން ކުރުން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން ކުރެވެންހުރި މަސައްކަތްތައް އިތުރުކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.