12 އޯގަސްޓް 2024

" ބޭ.އޮފް ބެންގާލް މެރިން އިކޯ ސިސްޓަމްސް ފްރޮޖެކްޓް ފޭސް 2 " ވަޒީރު އަޙްމަދު ޝިޔާމް އިފްތިތާހްކޮށް ދެއްވައިފި

ޙަބަރު

ޅ. ނައިފަރުގައި "ބޭ އޮފް ބެންގާލް ލާޖް މެރިން އިކޯސިސްޓަމްސް ޕްރޮޖެކްޓް ފޭސް 2" ވަޒީރު އަޙްމަދު ޝިޔާމް އިފްތިތާހްކޮށް ދެއްވައިފި

ވަޒީރު އަޙްމަދު ޝިޔާމް " ބޭ.އޮފް ބެންގާލް މެރިން އިކޯ ސިސްޓަމްސް ފްރޮޖެކްޓް ފޭސް 2 "  މަޝްރޫޢުގެ މަސައްކަތު ބައްދަލުވުން، އިފްްތިތާހް މިއަދު ކޮށްދެއްވައިފިއެވެ.

ވަޒީރު މިމަޝްރޫޢު އިފްތިތާހް ކޮށްދެއްވާފައުވަނީ އެކަމަށްޓަކައި ޅ.ނައިފަރު ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ބޭ އޮފް ބެންގާލް ލާޖް މެރިން އީކޯސިސްޓަމް  (ބީ.އޯ.ބީ.އައު.ޖީ.އޯ) ޕްރޮޖެކްޓްގެ މައިގަނޑު މަޤުސަދަކީ ބޭ އޮފް ބެންގާލް ސަރަޙައްދުގެ އައްސޭރިފަށުގެ ޤައުމުތަކުގެ ލާބައާއި މަންފާއަށްޓަކައި އެ ސަރަޙައްދުގެ ކަނޑުގެ ވަސީލަތްތަކާއި ކަނޑުގެ މާޙައުލާއި އެ މާޙައުލުގައި އުޅޭ ދިރުންތައް އަދި އެ ސަރަޙައްދުގައި ކުރެވޭ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ރާވައި، ހިންގުމެވެ.

ވަޒީރު އަޙްމަދު ޝިޔާމް، ހާޒިރީންނާއި މުޚާތަބު ކުރައްވަމުން، މަސްވެރިކަން ދެމެހެއްޓެނިވި ގޮތުގައި  މެނޭޖްކުރުމުގައި މި މަޝްރޫޢުގެ މުހިންމު ދައުރެއް އޮތްކަން ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ޅ. އަތޮޅާއި ހުވަދޫ އަތޮޅުގެ ފަޅުތެރެއާއި އެތެރެވަރީގައި ކުރާ މަސްވެރިކަން މެނޭޖްކުރުމަށް މޮޑެލް ސަރަހައްދުތަކެއް ކަނޑައެޅިގެންދާއިރު، މަސްވެރިންގެ ބައިވެރިވުން އިތުރުވެ، ޝާމިލުވެގެން ދިއުމަކީ ނުހަނު އުފާކުރައްވާ ކުރައްވާކަމެކެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަސްވެރިން ބާރުވެރިކުރުމަކީ ވަރަށް ބޮޑު އަހައްމިއްޔަތު  ކަމެއް ދެއްވާކަމެއްކަން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ "ޕާޓްނަރުން" ކަމަށްވާ  "އައި.ޔޫސީ.އެން މޯލްޑިވްސް" އާއި އިންޓަރ ގަވަރނަންޓަލް އޯގަނައިޒޭޝަން (ބީ.އޯ.ބީ.ޕީ-އައި.ޖީ.އޯ) އިން ވެދެއްވާ ގުހުރި އެހީތެރިކަމަށް އަޙްމަދު ޝިޔާމް  ޝުކުރު އަދާކުރެއްވި އެވެ.