24 އޯގަސްޓް 2024

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް ބ. ތުޅާދޫގައި ބޭއްވުމަށް ސަރުކާރުން ނިންމަވައިފި

ޚަބަރު - ނިންމުން

-

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވާ ބ. ތުޅާދޫއަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޓީމެއް އިއްޔެ ޒިޔާރަތްކޮށްފިއެވެ.

މި ދަތުރުގައި ބައިވެރިވި ޓީމުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބާއި އެހެނިހެން ފަންނީ ބޭފުޅުން ހިމެނެއެވެ. އެ ޓީމުން ތުޅާދޫއަށް ކުރަމުންދާ ޒިޔާރަތުގައި ރަށު ކައުންސިލާއި، ސްކޫލާއި އަދި ސިއްޙީ މަރުކަޒާއެކު ރަސްމީ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ރަސްމީ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން، މަސްވެރިކަމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި މަސްވެރިންނާވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ބ. ތުޅާދޫގައި ބޭއްވުމަށް ނިންމާފައެވެ.