24 އޮކްޓޯބަރ 2024
ރ. މަޑުއްވަރީގައި ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާ ގުޅޭގޮތުން މަޢުލޫމާތު ދީފި
ޙަބަރު
ރ. މަޑުއްވަރީގައި ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާ ގުޅޭގޮތުން މަޢުލޫމާތު ދީފި
ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އާ ގުޅިގެން ހިންގާ "ޕްރޮމޯޝަން އޮފް ބްލޫ އެކޮނަމީ އިން ފިޝަރީޒް ސެކްޓަރ އޮފް ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ރ. މަޑުއްވަރީގައި، ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފިއެވެ.
މީގެ އިތުރުން، މަޑުއްވަރީ ގޭގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ޢާއްމުކުރައްވާފައިވާ "އަމިއްލަ ދިރިއުޅުމައްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތުގެ" މިންގަނޑާގުޅޭގޮތުން ވެސް މަޢުލޫމާތު ދެވުނެވެ.
މި ސެޝަންތައް ހިންގުނީ 20 – 24 އޮކްޓޯބަރ 2024 ގެ ނިޔަލަށް ރ. މަޑުއްވަރީގައެވެ.
ރ. މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން 'ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދުމަށް ޝާއުޤުވެރިކަން ފާޅުކޮށްފައިވާތީ، އެކޯޕަރޭޓިވް އުފެއްދުމާއި ގުޅޭގޮތުން މަޝްވަރާކުރެވި، ކޯޕަރޭޓިވްގެ އަސާސީ އަދި ހިންގާ ޤަވާއިދުގެ ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.