19 ނޮވެމްބަރ 2024
އިފާޑުގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމް، ވަޒީރު އަޙްމަދު ޝިޔާމްއާއި މިއަދު ބައްދަލުކުރައްވައި
ޙަބަރު
ވަޒީރު އަޙްމަދު ޝިޔާމް އިފާޑުގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑުގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުން
އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ ކަންޓްރީ ޑައިރެކްޓަރ ޝެރީނާ ތަބައްސުމްއާއި މިއަދު ވަޒީރު އަޙްމަދު ޝިޔާމް އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޑިރެކްޓަރ ޝެރީނާ ތަބައްސުމް " ޤައުުމީ ސްޓްރެޓެޖީ ނޯޓް" ތައްޔާރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ އަޙްމަދު ޝިޔާމް، މީގެ އިތުރުން މަސްވެރިކަމާއި އެކުއަކަލްޗަރ ތަރައްޤީކުރުމާ ގުޅޭގޮތުން، ސަރުކާރުގެ ސިޔާސަތުތަކާ ބެހޭ މަޢުލޫމާތު، އިިފާޑް މިޝާން އާއި ޙިއްޞާކުރެއްވިއެވެ. އަދ މިދާއިރާތަކަށް އިތުރަަށް ތަރައްްްްޤީ ކުރުމަށްޓަކައި އެހީ ބޭނުންވާކަން ވެސް ޙިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމްގެ އަރިހުގައި ސްޓޭޓް މިނިސްޓަރު އާމިނަތު ޝަރީފާއި ޕާމަނަންޓް ސެކްރެޓަރީ ޑރ އާމިނަތު ޝާފިޔާ އާއި ޑިރެކްޓަރ ޖެނެރަލް ޑރ ހުސައިން ސިނާންގެ އިތުރުން މެޕްގެ ޕްރޮޖެކްޓް ޑިރެކްޓަރު ޝަފާނާ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.